


.jpg?w=3840&q=75)




މާލެ ސިޓީގެ މައިމަގުތަކުގެ ތެރެއިން، އަމީނީމަގުގެ މަރާމާތުކުރަން ޖެހިފައިވާ ބައިތަކުން، ސެގްމެންޓް 1ގައި ތާރުއެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އަމީނީމަގުގެ ދިވެހިރާއްޖޭގެ އަޑުން ފެށިގެން، ދަރުމަވަންތަ ޕާކާ ދެމެދު އޮތް، ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ޣިޔާސުއްދީން ސްކޫލުން ފެށިގެން ދަރުމަވަންތަ ޕާކާ ހަމައަށް އޮންނަ ސަރަހައްދު މަރާމާތު ކުރާނެއެވެ.
އޭގެތެރެއިން ފުރަތަމަ ސެގްމަންޓްގެ ގޮތުގައި މިވަގުތު މަރާމާތު ކުރަމުންދަނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަތުމަވަންތަ ޕާކާ ހަމައަށް އޮންނަ ގާތްގަނޑަކަށް 270 މީޓަރުގެ ސަރަހައްދެކެވެ.
މަގު މަރާތުކުރުމުގައި މިހާރު މަގުގެ އަޑީގައި އަޅާފައިވާ ޔުޓިލިޓީ ވިއުގަތައް ތަރުތީބުކުރުމުގައި ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތްތައްތަކާއި ބަސް ހުއްޓާ ތަންތަނަށްވެސް ބައެއް ބަދަލު ގެނައުމުގެ މަސައްކަތް ކުރާނެއެވެ.
މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމަށްފަހު، ދެން ކުރިއަށް ދާނީ ސެގްމަންޓް 2 ގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތްތަކެވެ. މިމަސައްކަތްތައް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ނިންމާލުމަށް ވަނީ ކަނޑައަޅާފައެވެ.
ނިމިދިޔަ ސަރުކާރުގައި 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީނީމަގުގެ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މުޅި މަޝްރޫއު ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މިސަރުކާރުންއެވެ. ނަމަވެސް މަގުގެ ފެންވަރު ރަނގަޅުކޮށް، ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މިހާރު މިވަނީ އަލުން މަރާމާތުގެ މަސައްކަތްތައް ފަށާފައެވެ.






.jpg?w=3840&q=75)