



.jpeg?w=3840&q=75)




ކޮންގްރެސް މި ބާއްވަނީ ވަރަށް ދަތި އުނދަގުލުން ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އިބްރާހީމް ވަހީދު ވިދާޅުވީ ކިތަންމެ އުނދަގުލުން ކޮންގްރެސް ބާއްވަން ޖެހުނަސް އެކަން ކުރާނެ ކަމަށެވެ.
ޕާޓީގެ މެންބަރުންގެ އެއްބާރުލުމާއެކު ކަނޑައެޅިފައިވާ ދުވަހަށް ކޮންގްރެސް ބާއްވާނެކަމަށް ވަހީދު ވިދާޅުވިނަމަވެސް، އުނދަގޫވާ ސަބަބެއް ވިދާޅެއް ނުވެއެވެ.
އެކަމަކު މި ހަރަކާތް ބާއްވާނޭ އެކަށީގެންވާ ތަނެއް ސަރުކާރުން ނުދެއްވި ކަމަށް އެމްޑީޕީން މީގެކުރިންވަނީ ބުނެފައެވެ.
އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އޮކްޓޯބަރު އެކަކުން ތިނަކަށް މާލޭސިޓީ ހޯލުގައެވެ.
އިބްރާހީމް ވަހީދު ވިދާޅުވީ މިމަހު ވިހި ވަނަ ދުވަހުން ފަންސަވީސް ވަނަދުވަހާ ހަމައަށް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލައިފައިވާ ކަމަށެވެ. މިހާތަނަށް ގިނަ އަދަދެއްގެ މީހުން ރަޖިސްޓްރީ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބައިވެރިވާ މަންދޫބުންނަށް ކޮންގްރެސް ކިޓް ހަވާލުކުރުން އޮންނާނީ މިމަހު 29 އަދި 30 ހިސާބު ޕާޓީގެ ހަރުގޭގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.




.jpeg?w=3840&q=75)