
.jpeg?w=3840&q=75)






.jpeg?w=3840&q=75)
-
ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކުރުމުގެ އިތުރުން މަނީ ލޯންޑަރކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖާއި ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު އިތުބާރުހުރި މަޢުލޫމާތަކާ ގުޅިގެން ސެޕްޓެމްބަރު 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގެ ތެރެއިން މަގުމަތިން ދިވެހި ދެ ފިރިހެނުން ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ދެ މީހުން ދުއްވި ސައިކަލުގެ އިތުރުން، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ 'އަމާން އުދަރެސް' އެޕާޓްމަންޓް ވަނީ ބަލައި ފާސްކޮށްފައެވެ.
އެ ބަލައި ފާސްކުރުމުގެ ތެރޭގައި:
މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމަށާއި، މި ނެޓްވޯކްގެ ތަފްޞީލު ހޯދުމަށް ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

.jpeg?w=3840&q=75)



.jpeg?w=3840&q=75)


