

.jpeg?w=3840&q=75)






އަމާޒަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުން ކަމުގައި ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން އަލަށް ޚިދުމަތްދޭން ފެށި ބ. އަތޮޅު، ޅ. އަތޮޅު، އަދި މ. އަތޮޅާއި ކ. ހުރާގެ ސްޓޭޝަން މެނޭޖަރުންނާއި، ވަގުތީގޮތުން އިންޖީނުގެތަކާ ހަވާލުވެވަޑައިގެން ތިއްބެވި ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޑރ. އަޒުވަރު ވަނީ ސްޓެލްކޯއަކީ ޤައުމީ ތަރައްޤީގެ އެންމެ ބޮޑު އެއް ބައިވެރިޔާކަމަށާއި ސްޓެލްކޯއިން ދެމުންދާ ޔުޓީލިޓީ ޚިދުމަތްތައް، ސްޓެލްކޯއިން ޤަބޫލުކުރާ މަތީ ފެންވަރުގައި މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ އޭގެ ސަބަބުން ޤައުމީ ފެންވަރުގައި ގިނަ ފައިދާތަކެއް ލިބިގެންދާނެ ނިންމެވުމެއް ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ޑރ. އަޒުހަރު ވަނީ މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން އެ ކުންފުނީގައި ޓީމްތަކެއް އެކުލަވާލައި ސަރވޭ ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ، އެއީ މުޅި ރާއްޖެއަށް ސްޓެލްކޯގެ ޚިދުމަތް ފުޅާކުރެވިގެން ދިއުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީއެއްކަމަށް ވިދާޅުވެފައެވެ.
މި މަހުގެ 20 އިން 22 ށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ އަލަށް ހަމަޖެއްސި މެނޭޖަރުންނާއި، ސްޓޭޝަންތަކުގެ އިސްވެރިންނަކީ ސްޓެލްކޯގެ ޤަވާޢިދުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް، ފުރިހަމަ އިތުބާރާއި ޒިންމާދާރުކަމާއެކީ އިންޖީނުގެތައް ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމެވެ.


.jpeg?w=3840&q=75)





