


.jpeg?w=3840&q=75)


.jpeg?w=3840&q=75)

ސްޓެލްކޯ
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު މެންދުރުފަހު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަށްފަހު، އަލުން ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދީފިއެވެ.
މިކަމާ ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނީ، މިއަދު މެންދުރުފަހު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ޓްރިޕްވި ހުރިހާ ފީޑަރުތަކެއް މިހާރު އަލުން ޖައްސާފައިވާ ކަމަށެވެ. އަދި ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަޙައްދުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ، ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދޫކުރެވުނު ނަމަވެސް، އެއްވެސް ކަސްޓަމަރަކަށް ކަރަންޓުގެ ޚިދުމަތް ނުލިބިވާނަމަ އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރު ނަންބަރު 1545 އަށް ގުޅައި އެކަން އެންގުމަށް އެދޭ ކަމަށެވެ.
މީގެއިތުރުން، ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.



.jpeg?w=3840&q=75)



