

.jpg?w=3840&q=75)





ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަޕްގްރޭޑް ކޮށްފައިވާ އައު ވެބްސައިޓް، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވައިފިއެވެ.
މި ވެބްސައިޓް އިފްތިތާޙު ކޮށްދެއްވީ ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުން ނިންމުމަށްޓަކައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މިއަދު އިފްތިތާޙު ކުރެވުނު އައު ވެބްސައިޓަކީ ކުރިއަށްވުރެ ފަސޭހައިން ޕާޓީގެ ޚަބަރުތަކާއި މައުލޫމާތުތައް އާންމުންނަށް ލިބޭނެހެން ފަރުމާކޮށް، ޒަމާނީ ބަދަލުތަކާއެކު ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ.
މި ވެބްސައިޓް މެދުވެރިކޮށް ޕާޓީގެ ހަރަކާތްތަކާއި، ސިޔާސަތުތަކުގެ އިތުރުން ޕާޓީއަށް ވަނުމަށް އެދޭ ފޯމު ފުރުމާއި އެހެނިހެން ޚިދުމަތްތައް ވެސް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ޕީއެންސީގެ އިސްވެރިންނާއި، މަތީ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.


.jpg?w=3840&q=75)




