.jpeg?w=3840&q=75)



.jpeg?w=3840&q=75)



ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަގާމުތަކަށް ހޮވުނު ބޭފުޅުން އިގުރާރުވެއްޖެއެވެ.
މި މަޤާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުން އިގްރާރުވެފައިވަނީ ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ބޭއްވި ޚާއްސަ ސެޝަނެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި މިނިސްޓަރުންނާއި މިނިސްޓަރުންގެ ފެންވަރުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ލީޑަރޝިޕަސް އައްޔަން ކުރައްވާ ބޭފުޅުންނާއި ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯއިންގެ ތެރެއިން އައްޔަން ކުރައްވާ ބޭފުޅުންގެ އިތުރުން މަތީ މަޖިލީހަށް އިންތިޚާބުވި މެންބަރުން ވަނީ ހުވާ ކުރައްވާފައެވެ.
ޕާޓީގެ ޗެއަރޕާސަން: ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲޕާޓީގެ ނައިބު ރައީސް: ރައީސުލްޖުމްހޫރިއްުޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމސދު ލަތީފްޕާޓީގެ ނައިބު ރައީސް: ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް ފަލާހުޕާޓީގެ ސެކްރެޓްރަރީ ޖެނެރަލް: މޫސާ ފަތުހީ އާދަމްޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް: މުހައްމަދު ލަމްއާންހަޒާންދާރު: ހުސައިން ފަހުމީ
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުމަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމްރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއިގްތިސާދީ ތަރައްގީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދުރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް
ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޒްރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާސިރުފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީންސިއްހަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ގީލާ އަލީބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބުރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުޙައްމަދު ތަލާލްދިވެހިރާއްޖޭން ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް ޝަރީފް
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމްއެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރުއެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލްމި މެންބަރުންގެ އިތުރުން ޕީއެންސީގެ މަތީ މަޖީލަހަށް އިންތިޚާބުކޮށްފައިވާ މެންބަރުންނާއި އަންހެނުންގެ ރޫޙުގެ އިސް ބޭފުޅުންނާއި ޒުވާނުންގެ ރޫހުގެ އިސް ބޭފުޅުންގެ އިތުރުން ޕާޓީގެ އިންތިޚާބުތަކުން ސްޓިއަރިން ކޮމިޓީތަކުގެ އެކި މަޤާމުތަކާއި ދާއިރާތަކުގެ މަޤާމުތަކަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންވެސް ވަނީ އިގްރާރުވެފައެވެ.
.jpeg?w=3840&q=75)





.jpeg?w=3840&q=75)