
.jpeg?w=3840&q=75)


.jpeg?w=3840&q=75)
.jpg?w=3840&q=75)

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ޒުވާނުން ތަމްސީލުކުރާނެ ހަތް މެންބަރުން އިންތިޚާބުކޮށްފިއެވެ.
މި މެމްބަރުން އިންތިހާބުކޮށްފައިވަނީ މިހާރުކުރިއަށްދާ ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީހުގައެވެ.
އިންތިޚާބުގައި ޒުވާނުންގެ ގޮނޑިތަކަށް ޖުމްލަ 13 ކެންޑިޑޭޓުން ވާދަކުރިއިރު، ޖުމްލަ 1,094 މެންބަރުން ވަނީ ވޯޓު ލާފައެވެ.މި އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން މަތީ މަޖިލީހަށް އިންތިޚާބުވި 7 ޒުވާނުންނަކީ:- ސިމާނު ހާދީ - 881 ވޯޓު (އެންމެ ގިނަ ވޯޓު)- އިބްރާހިމް އަޒްޔާން ނިމާލް - 857 ވޯޓު- މަލްޝާ ޝަރީފް - 856 ވޯޓު- މުހައްމަދު އަސީލް - 852 ވޯޓު- ލުޖައިނުﷲ ޒުހައިރު - 851 ވޯޓު- އިސްމާއިލް ރިފާއު - 850 ވޯޓު- ހައްމާދު ރަޝީދު - 849 ވޯޓު
ޕީއެންސީގެ އެތެރޭގެ ހިންގުން ވަރުގަދަކުރުމުގެ ގޮތުން އެ ޕާޓީގެ މަތީ މަޖިލީހުގެ ޖުމްލަ 49 މަގާމަކަށް މީހުން އައްޔަނުކުރުމަށް ވަނީ ހަމަޖެހިފައެވެ.އެ ޕާޓީގެ އަސާސީ ގަވާއިދު ބަޔާންކުރާ ގޮތުގައި، ޕީއެންސީގެ ވެރިކަމެއް އޮންނަ ހިނދެއްގައި، ވެރިކަމުގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ މަތީ މަޖިލީހަށް އިންތިޚާބު ކުރާކަށް ނުޖެހޭނެއެވެ. ވެރިކަމުގައި ހުންނަވާ ބޭފުޅަކީ ޕާޓީގެ އަސާސީ ގަވާއިދުން މަތީ މަޖިލީހުގެ އޮޓޮމެޓިކް މެންބަރެކެވެ. އެގޮތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ހިމެނިވަޑައިގަންނަވަނީ އެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައެވެ.

.jpeg?w=3840&q=75)


.jpeg?w=3840&q=75)

