


.jpeg?w=3840&q=75)




-
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ގޮތުން ކުރިއަށްގެންދާ މެއިންޓެނަންސް މަސައްކަތަކަށް މިރޭ ދަންވަރުގެ ވަގުތެއްގައި އެ ބޭންކުގެ ކާޑުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑިދާނެ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ޤައުމީ ބޭންކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ (18 ސެޕްޓެމްބަރ 2026، ހުކުރު) ގެ ދަންވަރު 1:30 އިން ފެށިގެން ހޮނިހިރު ދުވަހުގެ ފަތިހު 4:30 އާ ހަމައަށެވެ.
މި ވަގުތުތަކުގައި ބީއެމްއެލްގެ ކާޑު މެދުވެރިކޮށް ދެމުންގެންދާ އެކި ޚިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރިއަށްގެންދާ މި މަސައްކަތާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ބޭންކުން ވަނީ މަޢާފަށް އެދިފައެވެ. އަދި މިފަދަ ވަގުތެއްގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.



.jpeg?w=3840&q=75)