

.jpg?w=3840&q=75)





ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަސް އިތުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ މިއަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި ހިޔާ ޓަވަރެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، މި ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ހައްޔަރުކުރުމަށްފަހު، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހިންގި މި އަމަލުގެ މައްސަލަ ފުލުހުން ދަނީ ހާއްސަ ސަމާލުކަމެއް ދީގެން އިތުރަށް ތަހުގީގު ކުރަމުންނެވެ.


.jpg?w=3840&q=75)





