

.jpeg?w=3840&q=75)



.jpeg?w=3840&q=75)

މާލޭގެ ސްކޭޓް ޕާކާ ދިމާ ބޭރު ތޮށިގަނޑުމަތީގައި މަސް ބާނަން ހުއްޓާ ވެއްޓި، ހިލަގާތަކުގެ ތެރޭގައި ތާށިވި މީހާ ސަލާމަތްކޮށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ސްކޭޓް ޕާކާ ދިމާ ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި މީހަކު ތާށިވެފައި އޮތްކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 17:16 އެހާކަންހާއިރުއެވެ. އެ ސަރަޙައްދުގައި އުޅުނު ބަޔަކަށް އެ މީހާ ފެނުނީ، ގާތަކުގެ ތެރެއަށް ވެއްޓި ތާށިވެފައި އޮވެ އެހީއަށް އެދި ގޮވަމުންދިޔަ އަޑު އިވިގެން ގޮސް ބެލުމުންނެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ ވަގުތުން އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އަދި ސަލާމަތީ ބާރުތަކުން ގުޅިގެން ކުރި މަސައްކަތުން އެ މީހާ ގާތަކުގެ ތެރެއިން ނެރެ ސަލާމަތްކުރުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
މި ހާދިސާގައި އެ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްޞީލެއް އަދި މިހާތަނަށް ސާފުވާގޮތެއް ނުވެއެވެ.


.jpeg?w=3840&q=75)
