
.jpeg?w=3840&q=75)



.jpeg?w=3840&q=75)

.jpeg?w=3840&q=75)
މޫސުން
ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރައި، ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކުރައްވާފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ވައި އިތުރަށް ބާރުވެގެންދާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
މީގެއިތުރުން، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ރާޅުގެ އުސްމިން ހުންނާނީ ގާތްގަނޑަކަށް 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ.
އެހެންކަމުން، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.

.jpeg?w=3840&q=75)

