
.jpeg?w=3840&q=75)


.jpeg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަންހެނުންގެ މަޖިލީހަށް 10 މެމްބަރުން އިންތިހާބުކޮށްފި
ޕީއެންސީގެ މެންބަރުންގެ މަޖިލީހުން އަންހެނުންނަށް ހާއްސަކޮށްފައިވާ ދިހަ ގޮނޑިއަށް 22 ބޭފުޅުން ވާދަކުރިއިރު، 10 ގޮނޑި ކާމިޔާބުކުރީ މަރްޔަމް ޝިއުނާއާއި، ޝެރީން އަބްދުއްސަމަަދާއި، އާއިޝަތު މުހައްމަދާއި، ފާތިމަތު ރުހުސާނާއާއި، ފާތިމަތު މިޒުނާއާއި، ފާތިމަތު މުހައްމަދާއި، އާސިޔަތު ރިޔާސާއާއި، އާމިނަތު ނަމްޒާއާއި އާމިނަތު ޝުހުދާއާއި މަރިޔަމް ސާމިޔާއެވެ.
މީގެތެރެއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެން މެންބަރުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވަނީ މަރްޔަމް ޝިއުނާއަށެވެ. އޭނާއަށް 931 މަންދޫބުން ވޯޓު ދެއްވާފައިވެއެވެ.
މީގެއިތުރުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މެންބަރުންގެ މަޖިލީހަށް ހޮވާ އާންމު 18 މެންބަރުން ވެސް ވަނީ އިންތިހާބުކޮށްފައެވެ.
އިންތިހާބު ކާމިޔާބުކުރެއްވި 18 ބޭފުޅުންނަކީ އަހްމަދު ހަމްދުﷲ ރަޝީދު- 747 ވޯޓު، ހުސައިން ޔާމީން މުހައްމަދު- 746 ވޯޓު، މުހައްމަދު އަބްދުﷲ- 722 ވޯޓު، މުހައްމަދު އާސިފު- 711 ވޯޓު، އަބްދުﷲ މުފީދު- 709 ވޯޓު، އަމާނީ މުހައްމަދު- 701 ވޯޓު، އިބްރާހީމް ރައްޒާން- 700 ވޯޓު، އަހްމަދު ސިއްދީގު- 696 ވޯޓު، ޝުއާއުﷲ ސައީދު 694 ވޯޓު އަދި ހަސަން މާއިލް އަލީ- 693 ވޯޓު އެވެ.
މީގެއިތުރުން ހަސަން ފައިހަތު ގުދުރަތުﷲ 692 ވޯޓު، މުހައްމަދު ނަޝާތު ރަޝީދު 691 ވޯޓު، މުހައްމަދު ކިނާން- 689 ވޯޓު، މުހައްމަދު އަރީޝް 688 ވޯޓު، މުހައްމަދު މަބްރޫކު 787 ވޯޓު، އިސްމާއީލު ސުހައިލު 685 ވޯޓު، އަހްމަދު ޝިމާއު 683 ވޯޓު، މުހައްމަދު ވަހީދު 682 ވޯޓު އެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގައި މިއަދު ކުރިއަށްގެންދިޔަ ވޯޓުން އިންތިހާބުވެވަޑައގަތް ބޭފުޅުން މަގާމުތަކާ ހަވާލުވެވަޑައިގަންނަވާނީ މިރޭ އޮންނަ ރަސްމިއްޔާތުގައި މަގާމުގެ އިގުރާރުކުރެއްވުމަށްފަހުއެވެ. މިއަދު ކުރިއަށްދިޔަ އިންތިހާބުގައި 1،200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.

.jpeg?w=3840&q=75)


.jpeg?w=3840&q=75)

