








-
ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދާފައިވާ އިންފްލުއެންސަރ އަދި މޮޑެލް ނާރާ ސްމިތު، ވިހެއުމަށްފަހު މައިން އަމިއްލަ ނަފްސަށް ލުއިދީ، ކަންކަމާ މާބޮޑަށް ހާސްނުވުމަށް ނަސޭހަތްތެރިވެއްޖެއެވެ.
ޔޫރަޕްގެގެ އޯގަނިކް ބޭބީ ފޯމިއުލާ ބްރޭންޑެއް ކަމަށްވާ 'ބޮބީ' އާއެކު ފެށި އައު ކެމްޕޭނާ ގުޅޭގޮތުން ދިން އިންޓަވިއުއެއްގައި އުމުރުން 24 އަހަރުގެ ނާރާ ވަނީ މައިވަންތަކަމުގެ އުނދަގޫ ތަޖުރިބާތައް ހިއްސާކޮށްފައެވެ.
މި ކެމްޕޭނުގެ ޕްރޮމޯޝަނަލް ވީޑިއޯގައި، އޭނާގެ އެންމެ ހަގު ދަރިފުޅަށް އެންމެ ރަނގަޅު ފޯމިއުލާއެއް ހޯދުމަށް ނާރާ ކުރާ މަސައްކަތާއި އޭނާއަށް ކުރިމަތިވާ ހާސްކަން ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެއެވެ. ނާރާ ބުނި ގޮތުގައި މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ، ވިހެއުމަށްފަހު މައިންނަށް މުޖުތަމައުން ކުރިމަތިކުރުވާ ޕްރެޝަރުތަކާއި ނުރަނގަޅު ވިސްނުންތައް ނައްތާލުމެވެ.
ކުދިންނަށް ގާތުން ކިރުދިނުމުގެ ބަދަލުގައި ފޯމިއުލާ ދޭން ޖެހުމުން، އެއީ އޭނާ ފެއިލްވުން ކަމަށް ކުރިން އަމިއްލައަށް ގަބޫލުކުރެވުނު ކަމަށް ނާރާ ބުންޏެވެ. ނަމަވެސް ފޯމިއުލާއަށް ބަދަލުކުރަން މަޖުބޫރުވި ހިސާބުން، މައިވަންތަކަމަކީ ވަކި ގޮތަކަށް އޮންނަންޖެހޭ ކަމެއް ނޫންކަން އޭނާއަށް ވިސްނުނެވެ. މައިވަންތަކަމަކީ އަބަދު ފުރިހަމަ، އަދި ހަމައެކަނި އެއް ގޮތަކަށް ކުރެވެން އޮންނަ ކަމެއް ކަމަށް ގަބޫލުކުރެވޭ ވިސްނުމާ އޭނާ ދެކޮޅު ހަދައެވެ.
އުނދަގޫ ވަގުތުތަކުގައި އޭނާގެ ފިރިމީހާގެ ފަރާތުން ލިބޭ އެހީތެރިކަން ނާރާ ވަރަށް ބޮޑަށް ފާހަގަކުރިއެވެ.







.jpeg?w=3840&q=75)
