








"މަގުބޫލު ބޭކިންގ ޝޯ "ދަ ގްރޭޓް ބްރިޓިޝް ބޭކިންގ ޝޯ ގެ އައު ސީޒަނެއް މިމަހުގެ 25 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފަ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކަލިނަރީ މުބާރާތް، "ދަ ގްރޭޓް ބްރިޓިޝް ބޭކިންގ ޝޯ" ރަސްމީކޮށް އެނބުރި އަންނަން ތައްޔާރުވެއްޖެއެވެ.
މި ޝޯގެ އައު ސީޒަން ނެޓްފްލިކްސްއިން ޕްރިމިއަރ ކުރާނީ މި މަހުގެ 25 ވާ ހުކުރު ދުވަހުއެވެ. އަދި ނެޓްފްލިކްސްއިން ކޮންމެ ހުކުރު ދުވަހަކު އައު އެޕިސޯޑެއް ނެރޭނެއެވެ.
މި ފަހަރުގެ ސީޒަންގެ އެންމެ ޚާއްސަ އެއް ކަމަކީ މަޝްހޫރު ސެލެބްރިޓީ ޝެފް، ނައިޖެލާ ލޯސަން ޝޯގެ ފަނޑިޔާރެއްގެ ގޮތުގައި ފެނިގެންދިއުމެވެ. އޭނާ މި ޝޯއާ ގުޅިފައިވަނީ، 9 ސީޒަނަށްފަހު ފަނޑިޔާރުކަން ދޫކޮށްލި ޕްރޫ ލީތްގެ ބަދަލުގައެވެ.
މައި ފަނޑިޔާރު ޕޯލް ހޮލީވުޑް އާއެކު ނައިޖެލާ ފެނިގެންދާއިރު، ޝޯގެ ހޯސްޓުންގެ ގޮތުގައި އެލިސަން ހެމަންޑް އަދި ނޯއެލް ފީލްޑިންގް ކުރިއެކޭ އެއްފަދައިން ހަރަކާތްތެރިވާނެއެވެ.
މުޅި އިނގިރޭސިވިލާތުން ހޮވާލެވޭ ބޭކަރސް މިފަހަރުވެސް މަޝްހޫރު ޓެންޓުގެ ތެރޭގައި 'ސިގްނޭޗަރ'، 'ޓެކްނިކަލް' އަދި 'ޝޯސްޓޮޕަރ' ޗެލެންޖްތަކާ ކުރިމަތިލާނެއެވެ.
ނެޓްފްލިކްސް އިން މިހާރު ވަނީ ޝޯގެ ޓްރެއިލަރ ވެސް އާންމުކޮސްފައިއެވެ.








