.jpeg?w=2048&q=75)
މަޝްހޫރު ކޮމެޑިއަން ޓްރެވަރ ނޯއާ
ދުނިޔޭގެ މަޝްހޫރު ކޮމެޑިއަން، ޓްރެވަރ ނޯއާގެ ލައިވް ސްޓޭންޑް-އަޕް ޝޯއެއް މެލޭޝިއާގައި ބޭއްވުމަށް ހަމަޖެހިއްޖެކަން އިއުލާނުކޮށްފިއެވެ.
"އެލްއޯއެލް އޭޝިއާ" އަދި "ބޯމް" އިން އިންތިޒާމުކޮށްގެން ބާއްވާ މި ޝޯ އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ 8:00 ގައި ކުއަލަލަމްޕޫރުގެ އައިޑިއާސް ލައިވް އެރީނާގައެވެ.
ދެކުނު އެފްރިކާއަށް އުފަން، މަޝްހޫރު ކޮމީޑިއަން، ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރ ޓްރެވަރ ނޯއާ އަކީ މަޝްހޫރު ޓީވީ ޝޯ "ދަ ޑެއިލީ ޝޯ" ގެ ކުރީގެ ހޯސްޓެވެ. އޭނާ މި ޝޯ ހޯސްޓްކުރަން ފެށީ 2015 ވަނަ އަހަރުގައެވެ. އަދި 7 އަހަރު އެ ޝޯ ހޯސްޓްކުރުމަށްފަހު، 2022 ވަނަ އަހަރު ޝޯ އިން ވަކިވުމަށްފަހު، ޕޮޑްކާސްޓްތަކާއި ޕްރޮޑަކްޝަންގެ މަސައްކަތްތައް އޭނާ ވަނީ ކޮށްފައިއެވެ.
އޭގެ އިތުރުން 2026 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ވިދިވިދިގެން ހަވަނަ ފަހަރަށް ހޯސްޓްކޮށްފައިވަނީވެސް އޭނާއެވެ.
އެލްއޯއެލް އޭޝިއާގެ ސީއީއޯ ރިޒާލް ކަމާލް ބުނިގޮތުގައި، ޓްރެވަރ ނޯއާ މެލޭޝިއާއަށް ގެނައުމަކީ ފާއިތުވި 14 އަހަރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މިއީ މެލޭޝިއާގެ ލައިވް އެންޓަޓެއިންމަންޓް ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޓްރެވަރ ނޯއާގެ ޝޯގެ ޕްރީސޭލް ޓިކެޓްތައް ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ފެންޓޯޕިއާ މެދުވެރިކޮށް ލިބެން ހުންނާނެއެވެ. އަދި އާންމުކޮށް ޓިކެޓް ވިއްކަން ފަށާނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.
.jpg?w=3840&q=75)




.jpg?w=3840&q=75)




%20(2).jpeg?w=3840&q=75)

