








ކިންގް ޗާލްސް، ޕްޕްރިންސެސް ޑަޔާނާ އަދި ބޭބެ ޗާލްސް ސްޕެންސަރ
ޕްރިންސެސް ޑަޔާނާގެ ބޭބެ ޗާލްސް ސްޕެންސަރ ނެރެން ތައްޔާރުވާ އައު ފޮތުގައި، އިނގިރޭސި ރަސްގެފާނު ކިންގް ޗާލްސްއާ ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެެވެ.
މި ފޮތުގައި ސްޕެންސަރ ލިޔެފައިވާ ގޮތުގައި، 1997 ވަނަ އަހަރު ހިނގި ހިތާމަވެރި ކާރު އެކްސިޑެންޓެއްގައި ޑަޔާނާ އަވަހާރަވުމަށްފަހު، ކިންގް ޗާލްސް ވަނީ ޑަޔާނާއާ މެދު މީހުން ދެކޭ ގޮތާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
އެގޮތުން، "މީހުން ޑަޔާނާގެ މަތިން ވަރަށް އަވަހަށް ހަނދާން ނެތޭނެ" ކަމަށް ޗާލްސް ވިދާޅުވި ކަމަށް ސްޕެންސަރ މި ފޮތުގައި ތުހުމަތުކޮށްފައިވެއެވެ.
ނަމަވެސް ޗާލްސްގެ މި ވިސްނުންފުޅާ ޚިލާފަށް، ޑަޔާނާ އަވަހާރަވިތާ އެތައް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑަޔާނާއަށް އޮތް ލޯތްބާއި އިހުތިރާމަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ސްޕެންސަރ އަކީ އަބަދުވެސް އޭނާގެ ކޮއްކޮ ޑަޔާނާގެ ދިފާއުގައި ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވާހަކަދައްކަމުން އަންނަ ފަރާތެކެވެ.
މި އައު ފޮތުގެ ސަބަބުން އިނގިރޭސި ޝާހީ އާއިލާގެ އެތެރޭގައި ހިނގާފައިވާ އިތުރު ކަންތައްތަކެއް އާންމުންނަށް ހާމަވެ، ކިންގް ޗާލްސްއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުން އެކަށީގެންވެއެވެ.




