








ގއ. ދާންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު އެ ރަށު ކައުންސިލްގެ އިދާރާއިން ޢާންމުކޮށް ހުޅުވާލައިފިއެވެ.
ދާންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި ބުރުގައި އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1600 އަކަފޫޓުގެ 30 ބަންޑާރަ ގޯއްޗެވެ. މީގެ ކުރިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް 07 ޖަނަވަރީ 2020 ގައި ކޮށްފައިވާ އިޢުލާން މިހާރު ވަނީ ބާޠިލުކޮށްފައެވެ.
ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށެވެ. ގޯއްޗަށް އެދޭ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ދާންދޫ ކައުންސިލްގެ ކައުންޓަރުން އަދި އީމެއިލް ([email protected]) މެދުވެރިކޮށް ބަލައިގަންނާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
ކައުންސިލުން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޢަމަލުކުރާނީ އަލަށް އެކުލަވާލާފައިވާ "ދާންދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުޞޫލް - 2026" އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މި އުޞޫލާއި ގޯއްޗަށް އެދޭ ފޯމް ކައުންސިލްގެ އިޢުލާނާއެކު ޢާންމުކުރެވިފައިވާއިރު، ކައުންސިލް އިދާރާގެ ކައުންޓަރުން ވެސް ފޯމު ލިބެން ހުންނާނެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 6820026 ނުވަތަ 7330026 ފޯނު ނަންބަރާ ގުޅުއްވުމަށް ނުވަތަ ކައުންސިލްގެ ރަސްމީ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދާންދޫ ކައުންސިލުން އެދެއެވެ.




