



.jpg?w=3840&q=75)




އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އަލީ ޚާލިދު އައްޔަންކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސަފީރުކަން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް، އިނގިރޭސިވިލާތުގެ ސަފީރަކަށް ޖަމީލާ އައްޔަންކުރެއްވީ ރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގެ ދަށުން ރާއްޖެއިން އެކި ގައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓްް ސަފީރުން އައްޔަންކުރެއްވުމަށް ބަޔާންކޮށްފައިވާ މަޖިލީހުގެ ރުހުމާއެކުގަ އެވެ. އަދި މި މަގާމަށް ޖަމީލާ އައްޔަންކުރެއްވުމަށް ރައީސް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކޮށްފައިވާއިރު، ޖަމީލާ މަގާމަށް އައްޔަންކުރެއްވުމަށް ފެންނަ ކަމަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައ ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
މި މަގާމުގައި ކުރިން ހުންނެވި އިރުތިޝާމާ އާދަމް ހާރިޖީ ވަޒީރުގެ މަގާމަށް އައްޔަންކުރެއްވުމާއެކު މި މަގާމު ހުސްވެފައިވާއިރު، މިއަދު މި މަގާމަށް އައްޔަންކުރެއްވި ޖަމީލާ އަކީ ހާރިޖީ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ. އަދި ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްކަންވެސް ޖަމީލާ ވަނީ ކުރައްވާފަ އެވެ.








.jpg?w=3840&q=75)