
-
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ތުރުކީގެ ޑެޕިއުޓީ މިނިސްޓަރު އެމްބެސަޑަރ މޫސާ ކުލަކްލިކާޔާ އާ ބައްދަލުކުރައްވައިފި އެވެ.
ޖިއްދާގައި ކުރިއަށްދިޔަ އިސްލާމީ އެއްބާރުލުންދޭ ޖަމްޢިއްޔާ (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 23 ވަނަ ޚާއްޞަ ބައްދަލުވުމުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ތުރުކީގެ ޚާރިޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އެމްބެސަޑަރ މޫސާ ކުލަކްލިކާޔާ އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، އޯއައިސީގެ ތެރެއިން ދެޤައުމުން އިސްކަންދޭ މުހިންމު ކަންކަމާއި، ސަރަޙައްދީ އެކި މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ބައްދަލުކުރެއްވުމަށްފަހު ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ތުރުކީގެ ޑެޕިއުޓީ މިނިސްޓަރާ ބައްދަލުވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، މިއީ ދެޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށެވެ.











.jpg?w=3840&q=75)
.jpeg?w=3840&q=75)



