.jpg?w=3840&q=75)




%20(2).jpeg?w=3840&q=75)



-
ދައުލަތުގެ މާލީ އޮނިގަނޑާއި އިޤްތިޞާދީ ނިޒާމުގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަކީ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސާއިދު މުޞްޠަފާ ވިދާޅުވެއްޖެއެވެ.
ސާއިދު މިފަދައިން ވިދާޅުވީ މި މަހުގެ 8 ވަނަ ދުވަހު ބޭއްވި "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އިކޮނޮމިކްސް އެންޑް ޓްރޭނިންގ ކޭމްޕް" (އައި.އީ.ޓީ.ސީ) 2026 އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި އެކި ދާއިރާތައް ގުޅުވައިދޭ ބައިނަލްއަޤްވާމީ ކޮންފަރެންސްތަކާއި މަޝްވަރާތަކުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.
މީގެއިތުރުން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) އިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވަމުން ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާއެކު 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ އައު ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއާ ގުޅޭ ފްރޭމްވޯކް އެއްބަސްވުމެއްގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.
ޑެޕިއުޓީ މިނިސްޓަރ ސާއިދުގެ ވާހަކަފުޅުގައި، އިސްލާމީ ހަމަތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދައުލަތުގެ ވަސީލަތްތައް ޢަދުލުވެރިކަމާއެކު ބެލެހެއްޓުމުގެ މުހިންމުކަން ވަނީ ހަނދާންކޮށްދެއްވާފައެވެ. އަދި ޤައުމުގެ މާލީ ނިޒާމު ހަރުދަނާކުރާއިރު، މުޖުތަމަޢުގައި ތިބި އެންމެ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ސީދާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
.jpg?w=3840&q=75)







