.jpg?w=3840&q=75)




%20(2).jpeg?w=3840&q=75)



ޝްރެޔާ ގޯޝަލް އާއި އޭނާގެ ފިރިމީހާ ޝިލާދިތްޔާ އަދި ދަރިފުޅު ދޭވްޔާން
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް ދާދި ފަހުން ދިން އިންޓަވިއުއެއްގައި، އޭނާގެ ފިރިމީހާ ޝިލާދިތްޔާ އާއެކު އޮންނަ ގުޅުމާއި، ގޭތެރޭގެ ކަންކަން ދެމީހުން ހަމަހަމަކޮށް ބަހާލައިގެން ކުރާ ގޮތުގެ ވާހަކަ ހިއްސާކޮށްފިއެވެ.
ޝްރެޔާ ބުނިގޮތުގައި، ޝިލާދިތްޔާ ފަދަ ފިރިއަކު ލިބުމަކީ އޭނާގެ ނަސީބު ކަމަށެވެ. އަދި ގޭގެ ހުރިހާ ކަމެއްހެން ބަލަހައްޓަނީ ފިރިމީހާ ކަމަށާއި، ތަށިދޮވުމާއި ބަދިގެ ސާފުކުރުން ފަދަ ކަންކަން ފިރިމީހާ އަމިއްލައަށް ކުރާކަމަށް ޝްރެޔާ ބުންޏެވެ. އަދި އެކަންކަން ޝްރެޔާ ކޮށްފިނަމަ ފިރިމީހާ ހިތްހަމަނުޖެހޭނެ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ޝްރެޔާ ފާހަގަކުރި ގޮތުގައި، ދެމީހުންނަކީވެސް ވަރަށް ބިޒީކޮށް މަސައްކަތްކުރާ ދެމީހުން ކަމަށްވާތީ، ޝްރެޔާ އަބަދު ގޭގައި އިނުމަށް ޝިލާދިތްޔާ ދުވަހަކުވެސް ނޭދެއެވެ. މަސައްކަތުގައި ބައެއް ފަހަރު މަސްތަކެއް ވަންދެން ޝްރެޔާ ރަށުން ބޭރުގައި އުޅެންޖެހުނު ނަމަވެސް، ފިރިމީހާގެ އެއްވެސް ޝަކުވާއެއް އަދި ރުޅިވެރިކަމެއްވެސް ނުހުންނަ ކަމަށް އޭނާ ބުންޏެވެ.
ސްކޫލް ދައުރުން ފެށިގެން ގާތް ރަހުމަތްތެރިންގެ ގޮތުގައި އުޅުމަށްފަހު، މި ދެމީހުން ލޯބީގެ ގޮތުން ގުޅުނީ ޝްރެޔާގެ ލަވަކިޔުމުގެ ކެރިއަރު ފެށުނު ހިސާބުންނެވެ. 10 އަހަރު ވަންދެން މީޑިއާއަށް ސިއްރުން ރައްޓެހިވެގެން އުޅުމަށްފަހު ދެމީހުން ކައިވެނިކުރީ 2015 ވަނަ އަހަރުއެވެ.
އަދި 2021 ވަނަ އަހަރު އެ ދެމަފިރިންނަށް ވަނީ ފިރިހެން ކުއްޖަކު (ދޭވްޔާން) ލިބިފައެވެ.
.jpg?w=3840&q=75)



