.jpeg?w=3840&q=75)




.jpeg?w=3840&q=75)



-
މި އަހަރުގެ އޮގަސްޓް 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމްލަ 28.74 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 24.09 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.3 އިންސައްތައިގެ އިތުރުވުމެކެވެ.
ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ރިކަރަންޓް ޚަރަދުގެ ގޮތުގައި 25.00 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިއީ 20.8 އިންސައްތައިގެ އިތުރުވުމެކެވެ. ރިކަރަންޓް ޚަރަދުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް އައީ ކައުންސިލްތަކަށް ދޭ ގްރާންޓަށެވެ. އެގޮތުން ކައުންސިލް ގްރާންޓަށް 1.66 ބިލިއަން ރުފިޔާ (15.8 އިންސައްތައިގެ އިތުރުވުމެއް) ހޭދަކުރިއެވެ.
މީގެއިތުރުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 15.54 ބިލިއަން ރުފިޔާ ހޭދަކުރިއިރު، ސަބްސިޑީއަށް ކުރި ޚަރަދު 76.3 އިންސައްތަ އިތުރުވެ 3.54 ބިލިއަން ރުފިޔާއަށް އަދި އާސަންދައިގެ ޚަރަދު ވަނީ 1.43 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ކެޕިޓަލް ޚަރަދުގެ ގޮތުގައި ޖުމްލަ 3.75 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެ ތެރެއިން އިންފްރާސްޓްރަކްޗަރ ވަސީލަތްތަކަށް ވަނީ 3.26 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. ބިމާއި އިމާރާތްތަކަށް ކުރި ޚަރަދު 1.20 ބިލިއަން ރުފިޔާއަށް އަދި ފާލަންތަކާއި ބަނދަރު ހެދުމަށް ކުރި ޚަރަދު 284.5 މިލިއަން ރުފިޔާއަށް އިތުރުވި ނަމަވެސް، މަގުތަކާއި ބްރިޖް އަދި އެއާޕޯޓްތަކަށް ކުރި ހޭދަ ވަނީ 32.1 އިންސައްތަ ދަށްވެ، 961.3 މިލިއަން ރުފިޔާއަށް މަދުވެފައެވެ.
.jpeg?w=3840&q=75)







