%20(2).jpeg?w=1920&q=75)
-
ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތްކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ޤާއިމުކުރި ޚާއްޞަ ހޮޓްލައިނަށް މިހާތަނަށް ޖުމްލަ 65 މެސެޖެއް ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ޢާންމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި މެސެޖުތަކުގެ ތެރޭގައި ހިމެނެނީ:
ފުލުހުން ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ލިބުނު މި މަޢުލޫމާތުތަކާ ގުޅިގެން އެޅުނު ފިޔަވަޅުތަކުގެ ތެރެއިން އެއް ބިދޭސީއަކު މިހާރު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ރިޕޯޓުކޮށްފައިވާ އެހެނިހެން ފަރާތްތަކާއި ވިޔަފާރިތަކުގެ މަޢުލޫމާތު ކަށަވަރުކޮށް، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
ރާއްޖޭގައި ލައިސަންސް ނެތި ނުވަތަ ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމާއި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް، ޓާސްކްފޯސްގެ އޮޕަރޭޝަން ނަންބަރު 9388733 އަށް އެސްއެމްއެސް، ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް މަޢުލޫމާތު ފޮނުވުމުގެ ފުރުޞަތު ފުލުހުން ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ.
.jpg?w=3840&q=75)




.jpg?w=3840&q=75)




%20(2).jpeg?w=3840&q=75)


%20(2).jpeg?w=3840&q=75)


