.jpg?w=3840&q=75)




%20(2).jpeg?w=3840&q=75)



ސަލްމާން ޚާން. 'ބިގް ބޮސް 20'. ޝޯގެ ޕްރީމިއަރ އާއެކު ތަފާތު ދާއިރާތަކުން ފާހަގަކޮށްލެވޭ 17 ބައިވެރިން ވަނީ ގެއަށް ވަދެފައި.
ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ރިއަލިޓީ ޝޯ 'ބިގް ބޮސް' ގެ 20 ވަނަ ސީޒަން، ބޮލީވުޑްގެ މެގަސްޓަރ ސަލްމާން ޚާން އާއިއެކު ރަސްމީކޮށް ފަށައިފިއެވެ.
ޖިއޯ ހޮޓްސްޓާރ މެދުވެރިކޮށް ޝޯގެ ގްރޭންޑް ޕްރީމިއަރ ދައްކާފައިވާއިރު، މިފަހަރުގެ ސީޒަނުގައި ވާދަކުރާ 17 ބައިވެރިން ވެސް މިހާރު ވަނީ ޔަގީންވެފައެވެ.
ބިގް ބޮސްގެ ގެއަށް އެންމެ ފުރަތަމަ ވަދެފައިވަނީ ޓީވީ ބަތަލާ ކަނިކާ މާން އެވެ. މީގެ އިތުރުން ކާމިޔާބު ސީރީޒް 'ޕަންޗާޔަތު' އިން މަގުބޫލުކަން ހޯދި އާސިފް ޚާން ވެސް ވަނީ މިފަހަރުގެ ޝޯއާ ގުޅިފައެވެ.
މިފަހަރުގެ ޝޯއިން ފެނިގެންދާ އެންމެ ބޮޑު އެއް ސަޕްރައިޒަކީ އިންޑިއާގެ މަޝްހޫރު ބޮކްސިންގ ތަރި އެމް.ސީ މޭރީ ކޯމް ބިގް ބޮސްއަށް ވަނުމެވެ. މިއީ ކުޅިވަރުގެ މައިދާނުން މުނިފޫހިފިލުވުމުގެ ދާއިރާއަށް އޭނާ ކުރާ ވަރަށް ތަފާތު ތަޖުރިބާއެކެވެ. މޭރީ ކޯމްގެ އިތުރުން ބޯޖްޕޫރީ ބަތަލާ އާމްރަޕާލީ ޑުބޭ، މަޝްހޫރު ޓީވީ ތަރި މާހީ ވިޖް އަދި 'ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ' އިން ފެނިގެންދިޔަ އަމަން ގާންދީ ވެސް ޝޯގައި ވާދަކުރެއެވެ.
މިފަހަރުގެ ސީޒަނުގައި ވާދަކުރާ ބައިވެރިން:
މި ފޯރިގަދަ ޝޯ ޖިއޯ ހޮޓްސްޓާރ އިން ރޭގަނޑު 9:00 ގައި ސްޓްރީމްކުރާއިރު، ކަލަރސް ޓީވީން ދައްކާނީ ރޭގަނޑު 10:30 ގައެވެ.
📷 ފޮޓޯ ކެޕްޝަން
.jpg?w=3840&q=75)



