.jpg?w=3840&q=75)




%20(2).jpeg?w=3840&q=75)



ޕަރިނީތީގެ އެންމެ ފުރަތަމަ ވެބް ސީރީޒްގެ ޕޯސްޓަރެއް
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްޅާގެ އެންމެ ފުރަތަމަ ވެބް ސީރީޒް "ޝައްކު: ޓްރަސްޓް ނޯ ވަން" މި ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ނެޓްފްލިކްސް އިން ޕްރިމިއާ ކުރާގޮތަށް ހަމަޖައްސައިފިއެވެ.
މިއީ ޕަރިނީތީ އޯޓީޓީ ޕްލެޓްފޯމަކަށް ތަޢާރަފްވާ ފުރަތަމަ ފަހަރެވެ.
މި ސީރީޒް ބިނާކޮށްފައިވަނީ ގެއްލިފައިވާ ދަރިއަކު ހޯދުމަށް މަންމައަކު މެދުކެނޑުމެއްނެތި ކުރާ 9 އަހަރުވީ ދިގު، އަދި ހިތްދަތި އިންތިޒާރެއްގެ މައްޗަށެވެ.
މިއީ ސިއްރުތަކުން ފުރިގެންވާ މިސްޓްރީ ތްރިލާއެކެވެ. މި ސީރީޒްގައި ދައްކުވައިދޭނީ އެންމެ ގާތް، އަދި އެންމެ އިތުބާރުކުރާ މީހުންނާ މެދު ޝައްކު އުފެދި، އިތުބާރު ގެއްލިގެންދާ ހިސާބުން ދިމާވާ ބިރުވެރި އަދި ޝައުޤުވެރި ކަންތައްތަކެކެވެ. މަންމައެއްގެ ލޯތްބާއި، ކެތްތެރިކަމާއި އަދި ޝައްކުގެ ސަބަބުން ގުޅުންތަކަށް އަންނަ ބަދަލުތައް މި ސީރީޒް އިން ވަރަށް ފުރިހަމައަށް ފެނިގެންދާނެއެވެ.
ރެންސިލް ޑިސިލްވާ އާއި ސިދާތު ޕީ މަލްހޯތުރާ އުފައްދައި، ރެންސިލް ޑިސިލްވާ ޑައިރެކްޓްކޮށްފައިވާ މި ސީރީޒް އިން ޕަރިނީތީ އިތުރުން ބޮލީވުޑް އަދި ޓީވީ އިންޑަސްޓްރީގެ ގިނަ މަޝްހޫރު ތަރިންތަކެއް ހަރަކާތްތެރިވެއެވެ. އޭގެ ތެރޭގައި ޖެނިފަރ ވިންގޭޓް، ސޯނީ ރާޒްދާން، ހަރްލީން ސޭތީ، ތާހިރު ރާޖް ބާސިން، ސުމީތު ވިޔާސް އަދި އަނޫޕް ސޯނީ ފަދަ ތަރިން ހިމެނެއެވެ.
ނެޓްފްލިކްސް އިންޑިއާގެ ސީރީޒް ހެޑް، ޓާނިޔާ ބާމީ ބުނިގޮތުގައި މިއީ ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ އަސަރުގަދަ ކްރައިމް ޑްރާމާއެކެވެ. އަދި ސީރީޒްގެ ކޯ-ކްރިއޭޓަރ ސިދާތު ބުނެފައިވަނީ، މިއީ ބެލުންތެރިން ސިއްސުވާލާނެ ފަދަ ޓްވިސްޓްތަކެއް އެކުލެވޭ މޮޅު ސީރީޒެއް ކަމަށެވެ.
.jpg?w=3840&q=75)



