








ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާ
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާ 8 އަހަރު ފަހުން ކުޅުނު ފުރަތަމަ ފިލްމު "ބަޓްވާރާ 1947" ބޮކްސް އޮފީހުގައި ފްލޮޕްވުމާ ގުޅިގެން، ފުރަތަމަ ފަހަރަށް އެކަމާ ބެހޭގޮތުން ވާހަކަދައްކާފިއެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕްރިތީ ބުނީ ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބު ކުޑަވިޔަސް، އޭނާ އެ ފިލްމާ މެދު ވަރަށް ފަޚުރުވެރިވާ ކަމަށެވެ.
ޕްރިތީ ބުނިގޮތުގައި އެކްޓަރެއްގެ ގޮތުން އޭނާއަށް ކުރެވޭނެ ހަމައެކަނި ކަމަކީ މަސައްކަތަށް 100 އިންސައްތަ ދިނުން ކަމަށެވެ. އަދި ފިލްމެއްގެ ކާމިޔާބީއަކީ އެކްޓަރުންނަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"މަސައްކަތް ކުރާއިރު އަހަރެން ހުރިހާ ހިތްވަރެއް ލަން. ބުރަކޮށް މަސައްކަތް ކުރުމަށްފަހު ދެން ވާނެ ގޮތެއް އެކަކަށްވެސް ކޮންޓްރޯލެއް ނުކުރެވޭނެ." ޕްރިތީ ބުންޏެވެ.
ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށް، ސަނީ ޑިއޯލް އާއި ޕްރިތީ ޒިންތާ އަދި ޝަބާނާ އާޒްމީ މުހިންމު ރޯލުތަކުން ފެނިގެންދާ "ބަޓްވާރާ 1947" އަކީ 1947 ގެ ޕާޓިޝަން (އިންޑިއާ އާއި ޕާކިސްތާން ވަކިވި ދުވަސްވަރު) ގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.
150 ކްރޯޑު ރުޕީސްގެ ބޮޑު ބަޖެޓަކުން އުފެއްދި މި ފިލްމަށް އިންޑިއާ އިން ލިބިފައިވަނީ ގާތްގަނޑަކަށް 38.80 ކްރޯޑު ރުޕީސް އެވެ. އަދި ފިލްމަށް ލިބިފައިވަނީވެސް ވަރަށް އާދައިގެ އަދި މިކްސް ރިވިއުތަކެކެވެ.




