
.jpg?w=3840&q=75)







އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުންނާއި ގިނަ ބަޔެއްގެ އެދުމުގެ މަތިން މި މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބީސީސީން ބުންޏެވެ. އަދި މިދިޔަ މަހުގެ 31 ވަނަ ދުވަހާ ހަމައަށް 700 އަށްވުރެ ގިނަ މީހުން މައުރަޒުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކޮށްފައިވެ އެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާން މިދިޔަ އަހަރު ހުށަހެޅީ، 270 ހުށަހެޅުމެވެ.
އުފެއްދުންތެރިކަމުގެ މައުރަޒަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ހުނަރާއި އުފެއްދުންތައް އެއްތަނަކުން ދައްކާލާ، މާކެޓު ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އިންތިޒާމުކުރާ އެންމެ ބޮޑު މައުރަޒެވެ.

.jpg?w=3840&q=75)


