
ސުދީރް މިޝްރާ ޑައިރެކްޓްކުރާ އައު ފިލްމުގައި މަހާތުމާ ގާންދީގެ ރޯލުން ފެންނަ މަނޯޖް ބަޖްޕާއީގެ ލުކް. އޭނާގެ މި ބޮޑު ބަދަލަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައި
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރ މަނޯޖް ބަޖްޕާއީ، ޑައިރެކްޓަރ ސުދީރް މިޝްރާގެ ކުރިއަށް އޮތް ފިލްމުގައި ފުރަތަމަ ފަހަރަށް މަހާތުމާ ގާންދީގެ ރޯލު ކުޅުމަށް ތައްޔާރުވެއްޖެއެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް އަދި ސިއްރުކުރެވިފައި ވީނަމަވެސް، މިނިވަންކަމުގެ ހަރަކާތުގެ އިސް ލީޑަރުގެ ގޮތުގައި މަނޯޖް ފެނިގެންދާ ލުކްގެ މަންޒަރެއް އިންޓަނެޓުގައި އާންމުވެ، އޭނާއަށް އައިސްފައިވާ ބޮޑު ބަދަލަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
އާންމުވެފައިވާ ފޮޓޯއިން މަނޯޖް ފެންނަނީ މަހާތުމާ ގާންދީގެ ސިފަތަކާ އެއްގޮތަށް ވަރަށް ބޮޑަށް ބަދަލުވެފައި ހުއްޓައެވެ. ތާރީޚީ މި ޝަޚްޞިއްޔަތު ދައްކުވައިދިނުމަށް މަނޯޖް ގެނެސްފައިވާ ބަދަލުތަކަށް ބެލުންތެރިން އަންނަނީ ޚިޔާލުފާޅުކުރަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުން، މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ އިންޑިއާގެ މިނިވަންކަމުގެ ތާރީޚުގެ މައްޗަށެވެ. މަނޯޖްއާއެކު މި ފިލްމުގެ މުހިންމު ރޯލަކުން ކުޅަދާނަ އެކްޓަރ ސޯރަބް ޝުކްލާވެސް ފެނިގެންދާނެއެވެ.
މި ފިލްމަކީ 'ހަޒާރޯން ޚުވާހިޝޭން އޭސީ' އަދި 'ދާރާވީ' ފަދަ މޮޅެތި ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރ ސުދީރް މިޝްރާ އާއި ޕްރޮޑިއުސަރ އަނުބަވް ސިންހާ އެކުގައި މަސައްކަތްކުރާ ޕްރޮޖެކްޓެކެވެ. މިއީ 'ބެނާރަސް މީޑިއާވޯކްސް' ގެ ދަށުން އަނުބަވް ސިންހާ އާއި ނަރެންދްރަ ހިރާވަތް ޕްރޮޑިއުސްކޮށް، 'އެން.އެޗް ސްޓޫޑިއޯޒް' އިން ހުށަހަޅައިދޭ އުފެއްދުމެކެވެ.
އިންޑިއާގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތުގެ ރޯލު ކުޅުމަކީ މަނޯޖްގެ ފިލްމީ ކެރިއަރުގައިވެސް އޭނާ ކުރާނެ ވަރަށް ތަފާތު ތަޖުރިބާއެކެވެ.
ފިލްމުގެ ވާހަކައާއި ރިލީޒްކުރާނެ ތާރީޚެއްގެ އިތުރު ތަފްޞީލުތަކަށް އާންމުން މިހާރު ދަނީ އިންތިޒާރުކުރަމުންނެވެ.
.jpg?w=3840&q=75)




.jpg?w=3840&q=75)




%20(2).jpeg?w=3840&q=75)

