
އައިޖީއެމްއެޗް
މިދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ، އެކަމަށް ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު މި ބަލި ފެތުރެމުންދާތީ އެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.
ބޭރަށް ހިންގުމުގެ އިތުރުން ގިނަގިނައިން ހޮޑުލެވި، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ ވަރު މަދުވުމާއި، ބޮލަށް އެނބުރު އެރުމާއި، އާދަޔާ ހިލާފަށް ކަރުހިއްކުމާއި، އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުމާއި، ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގެ ލޭގެ އަސަރުހުރުން އަދި ކުޑަކުމުދާ މިންވަރު މަދު ނަމަ އަވަހަށް ޑޮކްޓަރަކަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތާމާސްކޮށްފަ އެވެ.
އެޗްޕީއޭ އިން ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، ހާއްސަކޮށް ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް އަތްދޮވުން އަދި ފާހާނާ ބޭނުންކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒްކޮށް ސާފުކުރުމަށް އެދިފަ އެވެ.
މީގެއިތުރުން އެޗްޕީއޭއިން ބުނީ ބަލި ރަނގަޅުވެ އަލާމާތްތައް ނުފެންނަތާ 1 ދުވަސް ވަންދެން ސްކޫލަށް ނުފޮނުވައި، މަސައްކަތައް ނުނިކުމެ އަރާމުކުރުމަށް އަންގާފަ އެވެ.


.jpg?w=3840&q=75)

.jpeg?w=3840&q=75)


.jpg?w=3840&q=75)

.jpeg?w=3840&q=75)


