
ފޯނު ކޯލެއް ނުވަތަ އެފަދަ މުޢާމަލާތެއް ބްރޯޑްކާސްޓްކުރާ ނަމަ އެ މުޢާމަލާތުގައި ބައިވެރިވާ ފަރާތުގެ ރުހުން ކުރިއާލައި ހޯދަންޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 38، 39، 40 އަދި 41 ވަނަ މާއްދާގައި ބްރޯޑްކާސްޓަރުން ދަމަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތައް ތަފްޞީލުކޮށް ކަނޑައަޅާފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައެވެ.
ވަކިން ޚާއްޞަކޮށް، 39 ވަނަ މާއްދާގެ (ރ) ގައި ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރާއި ނަފްސުގެ ޙުރުމަތް ހިމާޔަތްކުރުން ލާޒިމުކޮށްފައިވާއިރު، އެ މާއްދާގެ (ބ) ގައި އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމުކުރުމަށް ބާރުއަޅާފައިވާކަން ހަނދާންކޮށްދީފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގެ ދަށުން ކޮންމެ ފަރުދެއްގެ ޒާތީ ދިރިއުޅުމާއި، ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، ޒާތީ މުޢާޞަލާތުތަކުގެ ޙުރުމަތް ރައްކާތެރިކުރުން ވަނީ ކަށަވަރުކޮށްދީފައިވާ ކަމަށާއި އެހެންކަމުން، އެ ޙައްޤުތަކަށް އެންމެހައި ފަރާތްތަކުން ޙުރުމަތްތެރިކޮށް ހިތުމަކީ ލާޒިމު ކަމެއް ކަމަށް އެމްއެމްބީސީ އިން ބުނެފައި ވެއެވެ.
މީގެއިތުރުން ފޯނު ކޯލެއް ނުވަތަ އެފަދަ މުޢާމަލާތެއް ބްރޯޑްކާސްޓްކުރާ ނަމަ އެ މުޢާމަލާތުގައި ބައިވެރިވާ ފަރާތުގެ ރުހުން ކުރިއާލައި ހޯދަންޖެހޭނެ ކަމަށާއި އަދި ވަގުތުން ލައިވްކުރާ ކޯލެއް ނަމަ، އެއީ ބްރޯޑްކާސްޓްކުރެވެމުންދާ ކޯލެއްކަން އެ ފަރާތަށް ސާފުކޮށް އެންގުމަކީ ލާޒިމު ކަމެއް ކަމަށާއި ހުއްދައެއް ނެތި ހޯދާފައިވާ ރެކޯޑިންގތައް ބޭނުންކުރެވޭނީ ޤާނޫނީ އޮނިގަނޑާއި ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި ޒިންމާދާރު ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި، ފަރުދުންގެ ޒާތީ ދިރިއުޅުމުގެ ސިއްރުތަކާއި ކަރާމާތް ރައްކާތެރިކުރުމުގައި ހުރިހާ މީޑިއާ އިދާރާތަކުގެ އެއްބާރުލުމަށް ކޮމިޝަނުން ވަނީ ގޮވައިލައިފައެވެ.
މި އިލްތިމާސް އައިސްފައި މި ވަނީ ލައިވް ޕްރޮގްރާމްތައް ހިމެނޭހެން ބްރޯޑްކާސްޓްކުރުމުގެ ފަންނީ ހަމަތަކާ ގުޅޭ ޤާނޫނީ އޮނިގަނޑު އެ ކޮމިޝަނުން ބަލައި، މީޑިއާތަކަށް ހަނދާންކޮށްދީފައިވާ ދަނޑިވަޅެއްގައެވެ.
.jpg?w=3840&q=75)

.jpeg?w=3840&q=75)


.jpg?w=3840&q=75)

.jpeg?w=3840&q=75)



.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)


.jpg?w=3840&q=75)
.jpg?w=3840&q=75)