.jpeg?w=1920&q=75)
ބޭސްފިހާރަ
ސްޓޭޓް ފާމާގެ ހުރިހާ ފާމަސީއެއްގެ ސްޓޮކް މިހާރު ވަގުތުން ބަލާލެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
ޑރ. ޝާހު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭސްތައް ދެމެހެއްޓެނިވިގޮތަކަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާއިރު، އޭގެދަށުން މިހާރު ހުރިހާ ރަށެއްގައި ހުރި އެކުންފުނީގެ ބޭސް ފިހާރަތަކުގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރެވިފައިވާކަމަށެވެ.
އާންމުންނަށް ވެސް ބޭހުގެ ސްޓޮކް ފެންނާނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާ ޑރ. ޝާހު ވަނީ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެކަން ހަމަޖެހިގެންދާނެކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ދެމެހެއްޓެނިވިގޮތެއްގައި މެދުނުކެނޑި ބޭސް ލިބޭނެ ގޮތްހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލު ދެއްވަމުން ވިދާޅުވީ އަހަރަކަށް ބޭނުންވާ ބޭހުގެ އޯޑަރު ދުރާލާ ޖެހުމަށް ބޭސްތަކުގެ ސްޓޮކް ދެނެގަނެ ކުންފުނިތަކާއި ގުޅިގެން ބޭސް އެތެރެކުރުމަށް ބޭނުންވާ އެހެނިހެން މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި މިހާތަނަށް 3 ކުންފުންޏަކާއެކު ބޭސް އެތެރެކުރުމަށްޓަކައި އެއްބަސްވުން ގާއިމުކޮށްފައިވާއިރު، އިތުރު ކުންފުނިތަކާއެކުވެސް އެއްބަސްވުން ޤާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

.jpg?w=3840&q=75)

.jpeg?w=3840&q=75)


.jpg?w=3840&q=75)

.jpeg?w=3840&q=75)



.jpeg?w=3840&q=75)
.jpeg?w=3840&q=75)


