.jpeg?w=3840&q=75)



.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)

އިންފޮމޭޝަން ކޮމިޝަނަރަކަށް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަލްއުސްތާޒް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ލ.މާވަށް، މާޒީ، އަލްއުސްތާޒް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.
މި މަގާމަށް އައްޔަންކުރައްވާފައިވަނީ ކުރިން ހުންނެވި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ ދައުރު ހަމަވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މި މަގާމަށް އައްޔަންކުރައްވާފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ގެ 44 ވަނަ މާއްދާގައިވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރަކީ ދައުލަތުގެ ހިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އިންފޮމޭޝަން ކޮމިޝަރުކަމުގެ މަގާމު އަދާކުރައްވާފައިވާއިރު، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއަރސް ފަދަ ސަރުކާރުގެ އިސް މަޤާމުތައްވެސް އެމަނިކުފާނު ވަނީ އަދާކުރައްވާފަ އެވެ. ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އެންމެ ފަހުން ހުންނެވީ މިނިސްޓަރ އޮޕް ސްޓޭޓް ފޯ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުގަ އެވެ.




.jpeg?w=3840&q=75)



.jpeg?w=3840&q=75)