.jpeg?w=3840&q=75)



.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)
.jpeg?w=3840&q=75)
މާލޭ މަގުމަތި
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި މުހިންމު ބޮޑު އިސްލާހުތަކާއެކު ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައި، ގާނޫނު ތަންފީޒުކުރަން ފަށައިފި އެވެ.
މި އާ ގާނޫނުގެ ދަށުން ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ، ޓްރެފިކް ޖޫރިމަނާގެ ޖުމްލަ އަދަދު 5,000 ރުފިޔާއަށް ވުރެ ބޮޑުވެއްޖެނަމަ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުމުގެ ފުރިހަމަ ބާރު ފުލުހުންނަށް ދިނުމެވެ.
މި ގާނޫނުގައިވާގޮތުން ލައިސަންސް ވަގުތީ ގޮތުން ހިފައްޓާ ހާލަތްތަކުގައި 48 ގަޑިއިރުގެ ވަގުތީ ހުއްދައެއް ދޫކުރެވޭއިރު، ބަންދު ދުވަސްތަކުގައި ފައިސާ ދެއްކޭނެ އިންތިޒާމުނެތްނަމަ، އެ މުއްދަތު ދިގުލާނީ ގާނޫނީ ސަރުކާރު ބަންދު ނޫން ރަސްމީ ދުވަސްތަކަށެވެ.
މީގެއިތުރުން މި ގަވައިދުގައި ލައިސަންސް ނެތި ދުއްވާ އުޅަނދު ގިނަވެގެން 30 ދުވަހުގެ މުއްދަތަށް ހިފަހައްޓަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާއިރު، އެ އުޅަނދެއްގެ ވެރިފަރާތްވެސް 2,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ.
މަގުމަތީގެ ތޮއްޖެހުން ކުޑަކޮށް، ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށްޓަކައި އާންމުކޮށް ގަވައިދާ ހިލާފަށް ޕާކުކުރާ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާކޮށް، ޑީމެރިޓް ޕޮއިންޓް އުނިކުރާނެ އެވެ. އަދި ސްކޫލްތައް ކައިރި، ކަފިހިހުރަސް، ބަސް ހުއްޓާ ޒޯންތައް އަދި ގޯޅިތަކުގެ ކަންމަތީގައި ޕާކުކޮށްފިނަމަ 1,500 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ.
ދެން ގަވައިދުގައިވަނީ ފަރުވާކުޑަކޮށް ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކަށާއި، ލައިސަންސް ނެތް މީހުންނަށް ނުވަތަ ކުޑަކުދިންނަށް އުޅަނދުގެ ކޮންޓްރޯލް ދޭ ފަރާތްތަކަށް ކަނޑައަޅާފައިވަނީ ރެކޯޑު އަދަދެއްގެ ޖޫރިމަނާތަކެކެވެ. އެގޮތުން، ލައިސަންސް ނެތް ފަރާތްތަކާއި ނުވަތަ ކުޑަކުއްޖަކާ އުޅަނދު ހަވާލުކޮށްފިނަމަ 25,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާއިރު، އޭގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެނަމަ އެ އަދަދު 50,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދަށް އަރަ އެވެ. އަދި ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ވެއްޖެ ޙާލަތެއްގައި، 100,000 ރުފިޔާއިން ފެށިގެން ބައި މިލިއަން (500,000) ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ފުލުހުންނަށް ލިބިދެ އެވެ.
.jpeg?w=3840&q=75)



.jpeg?w=3840&q=75)