
.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)




ރާއްޖެ ކޮޅަށް ލަނޑުޖެހުމަށްފަހު މިޔަންމާ ކުޅުންތެރިން އުފާފާޅުކުރަނީ...
މިޔަންމާގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް 2027، ކޮލިފައިންގެ ޑިވޮލަޕްމަންޓް ފޭސް ގުރޫޕް ކޭގައި މިއަދު ރާއްޖެ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް މިޔަންމާ އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.
ކޮލިފައިންގައި މިޔަންމާ ކުޅުނު ފުރަތަމަ މެޗުގައި 4-0 ގެ ނަތީޖާއަކުން ލަންކާ އަތުން މޮޅުވެފައިވާއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބުރޫނާއީ ބަލިކޮށްފައެވެ. އަދި ރާއްޖޭގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ބުރޫނާއީ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ލަންކާ އަތުން ރާއްޖެ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުގައި މިޔަންމާގެ ފަރާތުން ވަރުގަދަ އެޓޭކިން ގޭމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މިޔަންމާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި މިޔަންމާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި މިޔަންމާގެ ތްރާ މިން ތަންޓް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ސައި ބޯ ބޯ ކިޔޯ، ކައުންގް ކިޔޯ. ސްވާން ޒާރްނީ އަދި ކަޔަލް މިއިން ކޮންމެ ކުޅުނުތެރިއަކު މިމެޗުގައި ވަނީ އެއްލަނޑި ކާމިޔާބުކޮށްފަ އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ މިޔަންމާ އިން ހޯދިއިރު، ރާއްޖެ އިން ކޮލިފައިންގް ނިންމާލީ ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕްގެ ދެވަނައިގައެވެ.
މިފަހަރުގެ އޭޝިއަންކަޕް ކޮލިފައިންގ ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކޮލިފައިންގް ފޭސް އާއި ޑިވޮލަޕްމަންޓް ފޭސް އެކެވެ. ފީފާ ރޭންކިންއަށް ބެލުމަށްފަހު ޓީމުތައް އަތުރާލިއިރު. ރާއްޖެއަށް ވާދަކުރަން ޖެހުނީ ޑިވޮލަޕްމަންޓް ފޭސްގައެވެ. އަދި މިމެޗުގެ ކުރިން ގުރޫޕްގެ ގަދަ ދެޓީމުގެ ތެރެއިން ޖާގައެއް ކަށަވަރުކޮށް ދިވެހި ޓީމުން މި ވަނީ ދެން އޮންނަ، 20 އަހަރުން ދަށުގެ އޭޝިއަންކަޕެއްގެ ކޮލިފިކޭޝަން ފޭސް އިން ޖާގައެއް ކަށަވަރުކޮށްފައެވެ.





.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)