
.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)




ހުޅުމާލެ ފޭސް 2 ގައި ތަރައްގީކުރަން ހަމަޖެހިފައިވާ ސަރަހައްދު- ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ފޭސް 2 ގެ ބީޗްގައި މޫދަށް އެރޭނެ ރައްކާތެރި ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިއީ ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަޙައްދުގައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމާއި، މަސްބާނަން ގޮސްލެވޭނެ ހާއްސަ ސަރަހައްދެއް ޤާއިމުކުރުމާ ގުޅޭގޮތުން އާންމުންގެ ހިޔާލެއް ހޯދުމަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ.
އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި އީ.އައި.އޭ ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ސާވޭއެއް ފަށާފައިވާކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ މި ސާވޭގެ މައިގަނޑު ބޭނުމަކީ އާންމުންނާއި މުނިފޫހިފިލުވުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިހާރު އެ ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތާއި، އެ ސަރަހައްދުގެ މިހާރުގެ ހާލަތު ދެނެގަތުން ކަމަށެވެ. އަދި ހުށަހަޅާފައިވާ އާޓިފިޝަލް މޫދަށް އެރޭ ސަރަހައްދާއި މަސްބާނާ ޕްލެޓްފޯމާ މެދު ރައްޔިތުން ދެކޭގޮތް ދެނެގަތުން ވެސް މި ސާވޭގެ ތެރޭގައި ހިމެނޭއިރު، މި ސާވޭއިން ލިބޭ މައުލޫމާތަކީ އީ.އައި.އޭ ރިޕޯޓްގެ ހުށަހެޅުންތައް އެކުލަވާލުމަށާއި، މުޖުތަމައުގެ ބޭނުންތަކަށް ރިއާޔަތްކޮށް މަޝްރޫއު ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭނެ ބޮޑު އެހީއެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެހެންކަމުން މިކަމަށް އެއްބާރުލުން ދިނުމަށް ސާރވޭ ލިންކް https://forms.cloud.microsoft/r/Sq0vzEFdWt މެދުވެރިކޮށް ހިޔާލު ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

6120499805109817299.jpg
މި މަޝްރޫއު ނިމުމުން ފޭސް 2 ގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ރައްކާތެރިކަމާއެކު މުނިފޫހިފިލުވުމުގެ ފުުރުސަތު ފަހިވެގެންދާނެ ކަމަށާއި، ހުޅުމާލެއަކީ އަމާން ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެޗްޑީސީން ކުރަމުންގެންދާނެކަމުގެ ޔަގީންކަން ދިނެވެ.

.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)


.jpg?w=3840&q=75)