.jpg?w=3840&q=75)







ހެލްތް އެކްސްޕޯ 2026 ގެ ތެރެއިން
މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ސޯޝަލް ވެލްފެއާއިން އިންތިޒާމުކޮށްގެން ބާއްވާ "ހެލްތް އެކްސްޕޯ 2026" ގެ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްޓޯލުން "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމްގައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.
މި އެކްސްޕޯ މިއަދު ފަށާފައިވާއިރު، އެކްސްޕޯ އޮންނަނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
އެޗްޑީސީގެ ހާއްސަ ސްޓޯލުން އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ހިންގާ ތަފާތު ހަރަކާތްތަކާއި، އާއިލީ ދުޅަހެޔޮކަމާއި މުޖުތަމައު ބާރުވެރިކުރުމަށް ކުރާ މަސައްކަތްކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭނެ އެވެ.
އެޗްޑީސީނ ބުނީ އެކުންފުނީގެ ސްޓޯލުން އެންމެ ހާއްސަ އިސްކަމެއްދޭނީ އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމާ ގުޅޭ މައުލޫމާތު ދިނުމަށް ކަމަށެވެ.އަދި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގަން ހަމަޖެހިފައިވާ "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމެއްވެސް ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ. މި ޕްރޮގްރާމްގެ އަމާޒަކީ އިސްރަށްވެހިންގެ މެދުގައި އުފެދޭ އެކަނިވެރިކަމާއި އިޖުތިމާއީ އެކަހެރިކަން ނައްތާލައި، އުފާވެރި، ހަރަކާތްތެރި އުމުރުފުރާއެއް ބިނާކުރަން ހިތްވަރުދިނުން ކަމަށްވެސް އެކުންފުނިން ފާހަގަކުރި އެވެ.
މިއަދު ހަވީރު 5:00 އިން ފެށި މި އެކްސްޕޯ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި އެކްސްޕޯގެ ތެރެއިން "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމްގައި ރަޖިސްޓްރީވެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.
"ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމް ނޮވެންބަރު 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު،މި ޕްރޮގްރާމް ކުރިއަށްދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، އެއް އަހަރުގެ މުއްދަތަކަށްކަމަށް އެޗްޑީސީން ބުންޏެވެ. އަދި ކޮންމެ ބެޗަކަށް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ކުރިއަށްދާނެކަމަށްވެސް އެ ކުންފުނިން ފާހަގަކުރި އެވެ. އަދި މި ހަރަކާތާ އެކު ކޮންމެ ހަފުތާއަކު ވެސް ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ރޭވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދާނެކަމާއި،އިސްރަށްވެހިންނާ ގުޅޭ މި ނޫން ވެސް ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެކުންފުނީގެ އަމާޒަކީ، ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ވެސް އުފަލާ އެކު އުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހެދުން ކަމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހީންގެ މެދުގައި އެކުވެރި މާހައުލެއް ގާއިމުކޮށް، އަވައްޓެރިންނާއި އިސްރަށްވެހީންގެ އެކަނިވެރިކަން ކުޑަކޮށް، އުފާވެރި މާހައުލެއް ބިނާކުރުންކަމަށްވެސް އެޗްޑީސީން ފާހަގަކުރި އެވެ.
އެޗްޑީސީން ވަނީ ހެލްތު އެކްސްޕޯ 2026 ކުރިއަށްދާ މުއްދަތުގައި ސެންޓްރަލް ޕާކުގައިވާ އެޗްޑީސީގެ ސްޓޯލަށް ޒިޔާރަތްކުރައްވައި، "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމާއި އެޗްޑީސީގެ އިޖުތިމާއީ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހޯއްދެވުމަށް ދައުވަތު ދީފަ އެވެ.
.jpg?w=3840&q=75)







