
ލަކުޑި ޖެޓީ
ހުޅުމާލެ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި އާންމުންނަށް ހުޅުވާލައިފި އެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ލަކުޑި ޖެޓީ މަރާމާތުކުރަން އޮގަސްޓު 2 ވަނަ ދުވަހުގެ ފަށާފައިވަނީ ހުޅުމާލޭ ފަޅުތެރެއަށް ވަތް ބާޖަކުން ޖެހި ލަކުޑި ޖެޓީގެ އުތުރު ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެވެ.
އެޗްޑީސީން ބުނެފައިވަނީ ލަކުޑި ޖެޓީ ބަންދުކޮށްފައިވަނީ، ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ،އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.
އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލޭގައި ގާއިމްކުރެވިފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އާއްމުންނަށް ވީހާވެސް ފަސޭހައިން ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

.jpg?w=3840&q=75)




.jpg?w=3840&q=75)









