
.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)




-
އިންޑިއާގެ ވަރަށް މަޤްބޫލު އަދި އެހާމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކޮމެޑީ-ޑްރާމާ ސީރީޒް 'ޕަންޗާޔަތު' ގެ ފަސްވަނަ ސީޒަނާ ބެހޭގޮތުން ޑިރެކްޓަރ ދީޕަކް ކުމާރް ވާހަކަދައްކާފިއެވެ.
ޖިތެންދްރަ ކުމާރު ލީޑް ރޯލުން ފެނިގެންދާ މި ސީރީޒްގެ ކުރީގެ ސީޒަންތަކަށް ލިބުނު ބޮޑު ތަރުޙީބާއެކު، ފަސްވަނަ ސީޒަނަކަށް ބެލުންތެރިން އަންނަނީ ކެތްތެރިކަމާއި އެކު އިންތިޒާރުކުރަމުންނެވެ.
'ފުލޭރާ' އަވަށުގެ ސިޔާސީ ކަންކަމާއި، އަވަށު މީހުންގެ ދިރިއުޅުމުގެ މަޖާ އަދި އަސަރުގަދަ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި އުފެއްދުމަކީ އަބަދުވެސް އޯޓީޓީ ޕްލެޓްފޯމްތަކުގައި އެންމެ ގިނަ ބަޔަކު ބަލާ އެއް ސީރީޒެވެ.
ސީރީޒް ރަސްމީކޮށް ދައްކަން ފަށާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފަ ނެތް ނަމަވެސް ދީޕަކް ކުމާރް ބުނިގޮތުގައި މިހާރު ކުރިއަށް ދަނީ އެޑިޓިންގެ މަސައްކަތްތައް ކަމަށާއި ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ޕްރިމިއަރ ކުރާނެ ކަމަށެވެ.
ކުރީގެ ސީޒަންތަކެކޭ އެއްފަދައިން މި ސީޒަނުންވެސް ފުލޭރާގެ އައު މައްސަލަތަކާއި، ލޯބީގެ އައު ވާހަކަތަކެއް ފެނިގެންދާނެއެވެ.
ނީނާ ގުޕްތާ، ރަގުބީރު ޔާދަވް އަދި ފައިސަލް މަލިކް ފަދަ މޮޅެތި ތަރިން ފެނިގެންދާ މި ސީރީޒްގެ 5 ވަނަ ސީޒަން ނުކުންނާނެ ދުވަހަކަށް ސަޕޯޓަރުން މިހާރު އަންނަނީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.

.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)