








ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނިއްޖެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓް ކުރުމާ ގުޅިގެން ހޯދަމުންދިޔަ، އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލް މިއަދު އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅައި، ހާޒިރުވެފައިވާ ކަމަށެވެ.
އޭނާގެ ހާލު ރަނގަޅު ކަމަށާއި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމުގައި ވެސް ފުލުހުން ބުނެއެވެ.
މަރްޔަމް މާއީ ޖަމީލް މިހާރު ދިރިއުޅެމުން ދަނީ މާލޭގައި ކަމަށާއި އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.








