






މަދިރިން ރައްކާ ޕްރޮގްރާމްގެ ތެރެއިން- ފޮޓޯ: އެޗްޑީސީ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ "މަދިރިން ރައްކާ" ޕްރޮގްރާމްގެ ދަށުން ހުޅުމާލެ ނޭބާހުޑް 1 ސަރަހައްދު ސާފުކޮށްފި އެވެ.
ކޮންމެ ހޮނިހިރު ދުވަހު ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން މިއަދު ހެނދުނު އެ ސަރަހައްދު ސާފުކޮށްފައިވަނީ އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓް އަދި ޝެރަަޓަން މޯލްޑިވްސްގެ މުވައްޒަފުންނެވެ.
"މަދިރިން ރައްކާ" ކެމްޕެއިނަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި، ހުޅުމާލޭގައި މަދިރި އާލާވާފަދަ ތަންތަން ދެނެގަނެ، މަދިރި އާލާވުން މަދުކުރުމަށް އެޗްޑީސީން ކޮންމެ އަހަރުވެސް އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.
HRbiCc3bwAAwvpG.jfif
މި ޕްރޮގްރާމްގައި އެޗްޑީސީގެ އިސްވެރިން ބައިވެރިވާއިރު، ހުޅުމާލޭގެ އެކި ހިސާބުތައް މިހާރުވެސް ސާފުކޮށްފައިވެ އެވެ. އަދި ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ދެނެގަނެ، އެފަދަ ބައެއް ތަންތަން ސާފުކޮށް ނައްތާލުމުގެ އިތުރުން، ބައެއް ސަރަހައްދުތަކަށް ކެމިކަލް އެޅުމުގެ މަސައްކަތްވެސް އެޗްޑީސީން ކުރެ އެވެ.





.jpg?w=3840&q=75)
