
.jpeg?w=3840&q=75)





.jpg?w=3840&q=75)

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ލިމިޓެޑުން ހިއްސާއަކަށް 3 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.
އެކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށެވެ.
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި 59 ހިއްސާދާރުން އަދި ޕްރޮކްސީ މެދުވެރިކޮށް 14 ހިއްސާދާރުން ބައިވެރިވިއެވެ. ޖަލްސާގައި މުޅިއެކު ތަމްސީލުވީ 69.75 އިންސައްތަ ހިއްސާދާރުންނެވެ. އެއީ މުޅިއެކު 5,602,272 ހިއްސާއެވެ.
އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރި މުހިންމު ކަންކަމުގެ ތެރޭގައި ހިއްސާ ބަހާނެ ގޮތް ނިންމާފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށް ފައެވެ.
މީގެ އިތުރުން އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، އެކުންފުނީގެ 2025 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ބެލެންސް ޝީޓާއ،ި ފައިދާއާއި ގެއްލުމުގެ ހިސާބާއ،ި ޑިރެކްޓަރުންގެ ރިޕޯޓް ފާސްކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާގެ އިތުރުން ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައްވަނީ ފާސްކޮށްފައެވެ.
މި ޖަލްސާގައި މި އަހަރަށް ކުންފުނީގެ އޮޑިޓަރުގެ ގޮތުގައި ހިއްސާދާރުން ކަނޑައަޅާފައިވަނީ ޑެލޮއިޓެވެ.އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ 2 ފަރާތެއްގެ ދައުރު ހަމަވުމާއި ގުޅިގެން، ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެކަކު މަގާމަށް އައްޔަން ކުރަން ފާސްކޮށްފައިވެއެވެ.
މި ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ ރ. ރަސްގެތީމު، ހުދުވެލި ހުސައިން ހަސަންފުޅުއެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ތެރެއިން މިވަގުތު ހުސްވެފައިވާ މަގާމަށް ޑިރެކްޓަރެއް އިންތިޚާބުކުރުމަށްޓަކައ،ި ޚާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާތުތައް ފުރިހަމަކުރުމަށްފަހު އެކަން އިއުލާންކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

.jpeg?w=3840&q=75)


