
-
ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި، ފިޝަރީޒް އިންފްރާސްޓްރަކްޗަރއަށް ބޭނުންވާ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގެ ދަށުން، މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 600 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
މި މަޝްރޫޢު ނިމުމުން، ކެލާގެ ބަނދަރުގެ ޖާގަ ތަނަވަސްވެ، އެ ރަށުގެ މަސްވެރިކަމުގެ ސިނާޢަތަށާއި އިޤްތިޞާދީ ހަރަކާތްތަކަށް ބޮޑު ކުރިއެރުމަކާއި ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
















.jpg?w=3840&q=75)