








މާލެ ގަލޮޅު ފުޓްސަލްދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އާއި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ސޮއިކުރެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު މި މިސްޓްރީގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުﷲ ރާފިޢުއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމްއެވެ.
މި އެއްބަސްވުމުގެ ދަށުން އާރުޑީސީން ގަލޮޅު ފުޓްސަލްދަނޑު ތަރައްގީކޮށް ނިންމަންޖެހެނީ 120 ދުވަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރުމަށް އާރުޑީސީއަށް ހަވާލުކޮށްފައިވަނީ އެއްމިލިއަން ފަސްލައްކަ އެކާވީސްހާސް ދުއިސައްތަ އަށްޑިހަ ތިންރުފިޔާ ފަސްދޮޅަސް ލާރިއަށެވެ.
ގަލޮޅު ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ނިންމާފައިވަނީ ގާކޮށި ފްލެޓާއި އިންވެގެން އޮންނަ ހުސްބިމުގައެވެ.








