



.jpg?w=3840&q=75)




ތިލަފުށީގައި ޤާއިމްކުރާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ރަައްޔިތުންގެ %100 މިލްކެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި، ދަތުރުފަތުރާއި، ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ތިލަފުށީގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ ވިޔަފާރި ބަނދަރާއި ގުޅުވައި މީސްމީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެންނެވެ.
ވަޒީރު ވިދާޅުވީ، ތިލަފުށީގައި ޤާއިމްކުރާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ރަައްޔިތުންގެ %100 މިލްކެއް ކަމަށެވެ. އަދި ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ރައީސް ޑރ. މުޢިއްޒު ބިނާކޮށްދެއްވާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮތް، މި ޤައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައި ކަމަށާއި، އެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
މާތްﷲގެ އިރާދަފުޅާއެކު، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދައުރު ފަށާ، ފުރިހަމަކޮށް ނިންމާނެ އެންމެ ބިޔަ އަދި ދިވެހީންނަށް އެންމެ މަންފާހުރި މަޝްރޫޢަށް ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރު ވާނެ. މި ބޮޑު ހަގީގަތް ދެކެން ނުކުޅެދި، ރޯ ބުހުތާނު ދޮގު ތިލަފުށީ ބަނދަރާމެދު ނުފެތުރުމަށް އިލްތިމާސްކުރަން. - ވަޒީރު މުހައްމަދު ސައީދު
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވުމަށް އަމާޒު ހިފާފައިވާ މި ބަނދަރު ވެގެންދާނީ، ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރެވޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރަކަށެވެ.




.jpg?w=3840&q=75)



