
ނިމިދިޔަ އެމްޑީޕީ ސަރުކާރާ އަޅާބަލާއިރު، ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރި މިންވަރު 80 އިންސައްތަ އިތުރުވެފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއަދު ޖަވާބުދާރީވެވަޑައިގަންނަވަމުން ދެއްކެވި ވާހަކައިގައެވެ.
ސައީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި2021 އިން 17 ނޮވެމްބަރު 2023 އާ ހަމައަށް ރަސްމީ ރޭޓުން ދޫކޮށްފައިވަނީ 1.75 ބިލިއަން ޑޮލަރު ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ގާތްގަނޑަކަށް ތިން އަހަރު ތެރޭ އެ ޢަދަދު1.9 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.
މީގެއިތުރުން 2026 ވަނަ އަހަރު އެކަނި ވެސް 483.53 މިލިއަން އެމެރިކާ ޑޮލަރު ރަސްމީ ރޭޓު ކަމަށްވާ 15.42ގެ ރޭޓްގައި ދޫކޮށްފައިވާ ކަމަށާއި މިއީ 2012 ވަނަ އަހަރާ އަޅާ ބަލާއިރު، 97 ޕަސެންޓް އިތުރުވުމެއްކަން ފާހަގަކުރެއްވިއެވެ. އަދި 2025 ވަނަ އަހަރަށް ބަލާއިރު، ވިޔަފާރިތަކަށް ދޫކުރި ޓީޓީ އާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި ބޭހަށް ފުރާ މީހުންނަށް 733.82 މިލިއަން އެމެރިކާ ޑޮލަރު ދޫކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ސައީދު ވަނީ އެމްޑީޕީ ސަރުކާރުގެ ފަހު 3 އަހަރާ އަޅައިބަލާއިރު މި ސަރުކާރުގައި މަހެއްގެ މައްޗަށް ޑޮލަރު ދޫކުރި ނިސްބަތް ގާތްގަނޑަކަށް97 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށާއިި ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ކުރެވޭ ތުހުމަތަކީ ދޮގު ތުހުމަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
















