


.jpeg?w=3840&q=75)



މއ. ދޫގަސް-4ގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު ފަތިހު 5:30 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ހެނދުނު 06:02 ހާއިރުއެވެ.
ގްރައުންޑް ފްލޯގައި ހުރި ބަދިގޭގައި ހިނގި މި ހާދިސާގައި އެތަނުގައި ހުރި ހިފާގެންގުޅޭ ތަކެއްޗަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު، އަނިޔާވި ހަތަރު ބިދޭސީންނަށް އިތުރު ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.



.jpeg?w=3840&q=75)



