




.jpeg?w=3840&q=75)



ޓީވީ ބަތަލާ އަކާންޝާ ޗަމޯލާ. އޭނާ ބުނެފައިވަނީ 'ލޮކް އަޕް 2' ގައި 30 ދުވަހު އުޅެފައި އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށާއި، އެހެންކަމުން 'ބިގް ބޮސް 20' އިން އޭނާ ނުފެންނާނެ ކަމަށް
ދާދިފަހުން ނިމުނު ރިއަލިޓީ ޝޯ 'ލޮކް އަޕް 2' ގައި ބައިވެރިވެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އަކާންޝާ ޗަމޯލާ، ކުރިއަށް އޮތް 'ބިގް ބޮސް 20' އިން ނުފެންނާނެކަން އޭނާ ކަށަވަރުކޮށްދީފިއެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން އަކާންޝާ ބުނެފައިވަނީ، ލޮކް އަޕްގެ ތަޖުރިބާއަށްފަހު މިވަގުތު އިތުރު ރިއަލިޓީ ޝޯއެއްގައި ބަންދުވެގެން ހުންނަން އޭނާ ބޭނުންނުވާ ކަމަށެވެ.
"އަހަރެން ލޮކް އަޕްގައި 30 ދުވަސް ވީއިރު ހުރީ ވަރުބަލިވެ ގޮތްހުސްވެފައި. ދެން ކިހިނެއް ބިގް ބޮސް ގޭގައި 90 ދުވަހު އުޅޭނީ؟ އެއީ ވާނެކަމެއް ނޫން،" އަކާންޝާ ބުނެފައިވެއެވެ.
ބިގް ބޮސްގައި ބައިވެރިވުމުގެ ޝައުޤުވެރިކަމެއް ނެތް ނަމަވެސް، 'ޚަތްރޯން ކޭ ކިލާޑީ' ފަދަ ޝޯއަކުން ފުރުސަތު ލިބިއްޖެނަމަ އެކަމާ ވިސްނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން މި އިންޓަވިއުގައި އަކާންޝާ ވަނީ ލޮކް އަޕް 2 ގައި އޭނާއާއެކު އުޅުނު ޝްރެޔާ ކަލްރާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޝްރެޔާއަކީ ވަރަށް ގޯސް މީހެއްކަމަށާއި، އޭނާގެ ސިއްރެއް ޝްރެޔާ ފަޅާއަރުވާލީ ހަމައެކަނި ނޮމިނޭޓްވުމުން އައި ރުޅީގައި ކަމަށް ބުނެ އަކާންޝާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އަދި އޭނާއާ ވަކިވާން އުޅޭ ފިރިމީހާ ގޯރަވް ކަންނާ އެ ޝޯއަށް ދިޔައީ އޭނާއަށް ސަޕޯޓުކުރަން ނޫން ކަމަށާއި، އެއީ ގޯރަވްގެ އަމިއްލަ ނަން ސާފުކުރަން ކުރި ކަމެއް ކަމަށްވެސް އަކާންޝާ ވަނީ ތުހުމަތުކޮށްފައެވެ.




