




.jpeg?w=3840&q=75)



ބޮލީވުޑް އެކްޓަރ އިމްރާން ހާޝިމީ. އިންފްލުއެންޒާ އޭ އަދި ސްވައިން ފްލޫ ޖެހުމާ ގުޅިގެން ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާގެ ބެންގަލޫރުގެ އިވެންޓެއް ވަނީ ފަސްކޮށްފައި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އިމްރާން ހާޝިމީއަށް 'އިންފްލުއެންޒާ އޭ' އަދި 'ސްވައިން ފްލޫ' ޖެހިއްޖެއެވެ .
މިކަމާ ގުޅިގެން، އޭނާ ބެންގަލޫރުގައި ބައިވެރިވުމަށް ހަމަޖެހިފައި އޮތް ޚާއްޞަ އިވެންޓެއް ވެސް މިހާރު ވަނީ ފަސްކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުން، އިމްރާންގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވުމާ ގުޅިގެން ޑޮކްޓަރުން ވަނީ އޭނާއަށް ގޭގައި މަޑުކޮށް، ފުރިހަމައަށް އަރާމުކުރުމަށް ލަފާދީފައެވެ. އެހެންކަމުން، ބެންގަލޫރުގައި ބޭއްވުމަށް ތާވަލުކުރެވިފައި އޮތް މުހިންމު އިވެންޓަށް އޭނާއަށް ނުދެވޭނެކަން އޭނާގެ ޓީމުން ވަނީ އިއުލާންކޮށްފައެވެ.
އިމްރާން ބަލިވި ޚަބަރާއެކު އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް އަވަސް ޝިފާއަކަށް އެދި މެސެޖުތައް ފޮނުވަމުންނެވެ.
ފަސްކުރެވުނު ބެންގަލޫރު އިވެންޓް ދެން ބާއްވާނެ އައު ތާރީޚެއް، އިމްރާންގެ ހާލަތު ރަނގަޅުވުމުން ފަހުން އިއުލާންކުރާނެ ކަމަށް ވަނީ ބުނެފައެވެ








