.jpeg?w=3840&q=75)




.jpeg?w=3840&q=75)



-
ސ. ހިތަދޫގައި ތަރައްޤީކުރަމުން އަންނަ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އާރުއީއޯސީ) އިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން، ރޫފް ލެވެލް ސްލެބް ޝަޓަރިންގ އަދި ރީއިންފޯސްމަންޓް މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ސައިޓުގައި ކުރިއަށްދަނީ ރޫފް ލެވެލް ސްލެބްގެ ކޮންކްރީޓް އެޅުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.
މި މަޝްރޫޢުގެ ދަށުން، ޖުމްލަ 4,338 އަކަފޫޓުގެ ބޮޑުމިނުގައި ދެ ފަންގިފިލާގެ ޒަމާނީ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 2,368 އަކަފޫޓުގެ ޖާގަ ހުންނާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.
ސ. ހިތަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ބިނާކުރުމުގެ މަޝްރޫޢަކީ ޖުމްލަ 6.50 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށެވެ.




.jpeg?w=3840&q=75)



